ދިވެހިރާއްޖެ
01. މިސްކޫލްގެ އިޢުލާން ނަންބަރު GS153/2020/07 ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
2021 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
02. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖަނަވަރީ 2021 އިން 13 ޖަނަވަރި 2021 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 14 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
04. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 17 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލް އޮފީހުގައެވެ.
05. ބިޑް ހުޅުވުން އޮންނާނީ 20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލް އޮފީހުގައެވެ.
06. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
07. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ
ފޯން: 6680837
އީ-މެއިލް: [email protected]
19 ޖުމާދަލްއުލާ 1442