ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)261/261/2021/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 11 ޖަނަވަރީ 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ އިޖްތިމާޢީ ސަރަޙައްދުތަކާއި، އިޖްތިމާޢީ ސަރަޙައްދުގައިހިމެނޭ މަގުމަގާއި ގޯޅިތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބަލަހައްޓާ ދޭނެ ފަރާތެއްހޯދުން.

މިރަށު އިޖުތިމާޢީ ސަރަޙައްދާއި އިޖްތިމާޢީ ސަރަޙައްދުގައިހިމެނޭ މަގުމަގާއި ގޯޅިތައް ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރ: 261/261/2021/1(IUL) (03 ޑިސެމްބަރ 2020) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެޢިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ 10:00 އަށް ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ޖެނުއަރީ 2021  ވާ ބުރާސްފަތި  ދުވަހުގެ 10:00 އަށް ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްގެ ބަދަލުގައި އެއްވެސްފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނަމަ ކުންފުނި/ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

04 ޖެނުއަރީ 2021                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  

04 ޖަނަވަރީ 2021