ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)AEH/1/2021/4
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 23:08
ސުންގަޑި: 12 ޖަނަވަރީ 2021 13:30
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ސީނިއަރ މެޑިކަލް އޮފިސަރ / މެޑިކަލް އޮފިސަރ)

މިހޮސްޕިޓަލްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް މީހުން ބޭނުން ވެއްޖެއެވެ. މިމަޤާމަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަން ހުރި ޤާބިލް ފަރާތްތަކެވެ.

މަޤާމު

ސީނިއަރ މެޑިކަލް އޮފިސަރ / މެޑިކަލް އޮފިސަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

05 (ފަހެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ޖެނެރަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރ

ސެކްޝަން / ޔުނިޓް

މެޑިކަލް ސަރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މަޤާމު      (ސީނިއަރ މެޑިކަލް އޮފިސަރ(

ސިވިލް ސަރަވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

CS 14-5

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދިފައިވުން.

22,040/-

8,250/-

CS 14-4

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދިފައިވުން.

21,070/-

8,250/-

CS 14-3

ސީނިއަރ މެޑިކަލް އޮފިސަރ، ސީ.އެސް 14-2 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދިފައިވުން.

 

20,110/-

8,250/-

 

ސިވިލް ސަރަވިސްގެ ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

މަޤާމު (މެޑިކަލް އޮފިސަރ)

CS 14-2

 މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު މެޑިކަލް އޮފިސަރެއްގެ މަގާމުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

19,230/-

8,250/-

CS 12-5

މެޑިކަލް އޮފިސަރ، ސީ.އެސް 12-4 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދިފައިވުން.

18,350/-

8,250/-

CS 12-4

 މެޑިކަލް އޮފިސަރ، ސީ.އެސް 12-3 ގްރޭޑްގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދިފައިވުން.

17,490/-

8,250/-

CS 12-3

 މެޑިކަލް އޮފިސަރ ސީ.އެސް 12-2 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

16,630/-

8,250/-

CS 12-2

 މެޑިކަލް އޮފިސަރ ސީ.އެސް 12-1 ގްރޭޑުގައި 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވުން.

15,850/-

8,250/-

CS 12-1

 މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ޤަބޫލުކުރާ ޓީޗިންގް ހޮސްޕިޓަލެއްގައި 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ފުރިހަމަ ކޮށްފައިވުމާއިއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

15,090/-

8,250/-

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  • ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް އެންގުމާއި އެ ތަހްލީލުތަކުގެ ނަތީޖާ ބަލާ ފަރުވާ ކުރިޔަށް ގެންދިއުން.
  • ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ކައުންސިލިންގް ދިނުމާއި ބަލިތަކުން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި، ބަލިމީހާގެ ހާލަތު ގަވައިދުން މޮނިޓަރކުރުން.
  • ފަރުވާއަށް ބޭނުންވާ ޑޮކްޓަރީ ޕްރޮސީޖާތަކާއި އޮޕަރޭޝަންތައް ކުރުމުގައި އެހީތެރިވުން.
  • އާއްމު ސިއްޙަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާއްމުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.
  • ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ފަރުވާއަށް ބޭނުންވާ ޙާއްސަ ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ބަލިމީހާ ރިފަރކުރުން.
  • މާބަޑު ދުވަސްވަރާއި ވިހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ދިމާވާނެ ނުރައްކާތެރި ހާލަތްތައް ދެނެގަނެ، ފަރުވާކޮށް އަދި ރިފަރ ކުރަންޖެހޭ ހާލަތްތަކުގައި ރިފަރކުރުން.
  • ބަލިމީހާގެ ޞިއްޙީ މަޢުލޫމާތު ލިޔެ ރެކޯޑްކޮށް މި މަޢުލޫމާތު މައްޗަށް ބިނާކޮށް ސްޕެޝަލިސްޓް ޑޮކްޓާރުންގެ ލަފާގެ މަތިން މެދުކެޑި ފަރުވާ ކުރިއަށް ގެންދިއުމާއި ޓީމުގެ އެހެން ޞިއްޙީ ހިދުމަތްތެރިންނާއި ހިއްސާކުރުން.
  • ގާނޫނީ އަދި ފަންނީ ވާޖިބު އަދާކުރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތާއި، ވިހާ މަރުވާ މީހުންގެ މަޢުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މަޢުލޫމާތު ކަމާބެހޭ ދަޢުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގެ އެހީތެރިވުން.
  • އިންސާނުންނަށް ކުރިމަތިވާ ޚާއްސަ ސިއްޙީ ހާލަތްތަކާއި ބަލިތަކުގެ އަސްލު ދެނެގަތުމާ ބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއާއި ރައްކާތެރިވުމާއިބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިރުކުރުން.
  • އެކިއެކި ހާނިއްކަ ލިބިގެން ޞިއްހީ ޙިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ފަރުވާ ދިނުމާއި، ތަހުޤީޤީ އިދާރާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

ގުޅޭ ވަޒީފަގެ ދާއިރާތައް

ޖެނެރަލް މެޑިކަލް ޑޮކްޓަރ

ތައުލީމީ ރޮގުތައް

ޖެނެރަލް މެޑިކަލް ކޮލިފިކޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް ނުވަތަ އައި ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގއ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމު.

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

 

9- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޖަނަވަރީ 2021 ގެ 13:30 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 12 ޖަނަވަރީ 2021 އާއި 12 ފެބުރުވަރީ 2021 އާ ދެމެދު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު ގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މިއިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885045 ފޯނު ނަމްބަރަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"(http://www.csc.gov.mv/dv/recruitment-usoolu)އިން ލިބެން ހުންނާނެއެވެ.

03 ޖަނަވަރީ 2021