ކުއްޔަށް ހިފުން
ނަންބަރު: GS33/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 12 ޖަނަވަރީ 2021 13:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުން

2021 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރު އަދި  މަދުވެގެން 2 ކޮޓަރި (އެޓޭޗް ފާޚާނާއާއެކު) ސިޓިންގރޫމަކާއި، ބަދިގެބަޔަކާއި (ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު) ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް،މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައި ސަރުކާރުން ކަނޑައަޅައިފިނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ބަލައިގަންނާނެއެވެ.

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

12 ޖެނުއަރީ 2021

އަންގާރަ

މަޢުލޫމާތު ސާފުކުރުން

13:00

ބ. އަތޮޅު މަދަރުސާ

14 ޖެނުއަރީ 2021

ބުރާސްފަތި  

އަންދާސީ ހިސާބު ބަލައިގަތުން

13:00

ބ. އަތޮޅު މަދަރުސާ

 

 މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 6600034 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

19 ޖުމާދަލްއޫލާ 1442

03 ޖަނަވަރީ 2021