ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2021/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 12 ޖަނަވަރީ 2021 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 24.10 ރަޖިސްޓްރީ ކުރުމާއިބެހޭ

                                      އިޢުލާން

 

                        ރ.ދުވާފަރު 24.10 ނަމްބަރުގޭ ރ. ކަނދޮޅުދޫ އުޖާލާގެ އަލްފާޟިލް އަޙްމަދު މުޙައްމަދު އާއި ރ.ކަނދޮޅުދޫ ޗިޗަންޑާގެ އާމިނަތު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮއް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ އެކަން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މި އިދާރާއަށް އެންގެވެން އެދެމެއެވެ.

 

                        މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 24.10 ނަމްބަރުގޭ ރ. ކަނދޮޅުދޫ އުޖާލާގެ އަލްފާޟިލް އަޙްމަދު މުޙައްމަދު އާއި ރ.ކަނދޮޅުދޫ ޗިޗަންޑާގެ އާމިނަތު އަޙްމަދުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

 

                        19 ޖުމާދަލްއޫލާ 1442  

 

                        03 ޖަނަވަރީ 2021

 

03 ޖަނަވަރީ 2021