ދެންނެވުން
ނަންބަރު: GS146/IUL/2020/13
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 07 ޖަނަވަރީ 2021 12:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

ދެންނެވުން

2021 ވަނަ އަހަރު އެލް.ކޭ.ޖީ އަށް ކުދިންވެއްދުމާއި ގުޅޭ

ސްކޫލްތަކަށް ކުދިންވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި 2021 ވަނައަހަރު ޢަމަލު ކުރާނެ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން LKG ގެ ޚާއްޞަ ޕްރޮގްރާމަށް ވަނުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 2021  އޮގަސްޓް 1 ގެ ނިޔަލަށް 5 އަހަރު ފުރޭ ދަރިވަރުންނަށެވެ.

LKGގެ ޚާއްޞަ ޕްރޮގްރާމަކީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

LKGގެ ދަރިވަރުންގެ ތެރެއިން 1 އޮގަސްޓް 2021 ށް 5 އަހަރު ފުރޭ ދަރިވަރުން 2021 ވަނަ އަހަރުގެ އޮގަސްޓް ގައި ފަށާނީ UKG ކްލާހެވެ.

އެހެންކަމުން، 2021 ވަނަ އަހަރު މިސްކޫލުގެ LKG އަށް ދަރިވަރުން ވައްދަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2021 ޖަނަވަރީ 07 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ސްކޫލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިސްކޫލުގެ ނަމްބަރ 6642512 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

03 ޖަނަވަރީ 2021