ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2021/01
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 07 ޖަނަވަރީ 2021 14:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ސްކިލްޑް) ، ލޭބަރ (ނޮން ސްކިލްޑް) / ހއ.ދިއްދޫ

ނަންބަރު: FNK/A/IUL/2021/01   

ވަޒީފާގެ ފުރުޞަތު

ކުންފުނީގެ ހއ.ދިއްދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (6 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.

ލޭބަރ (ސްކިލްޑް)

މަޤާމް:

30 (ތިރީސް)

ބޭނުންވާ އަދަދު:

ހއ.ދިއްދޫ

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ސިއްހަތު ރަނގަޅު ބަރު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ނ) ބައެއް ހާލަތްތަކުގައި ރޭނގަޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

(ބ) ހޮޅި ތެދުކޮށް ރަހަކޮށް ސީދަލައް އަޅަން އެނގުން.

(ޅ) ސަލާމަތީ ކަންކަމަށް ބަލައިގެން މަސައްކަތް ކުރަން އެނގުން.

(ކ) މަސައްކަތުގެ މާހައުލުގެ ކަންކަން އަމިއްލަ ވިސްނުމަށް ނަގައިގަނެ ހަވާލުކުރެވިފައިވާ މަސައްކަތުގެ ތެރެއިން އިތުރު އިރުޝާދެއް ނެތި އެ މަސައްކަތް ކުރަން އެނގުން.

(އ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ހއ.ދިއްދޫ އައު އިންޖީނުގެ މަރާމާތްކުރުމުގެ މަސައްކަތްތައް.

(ށ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތު:

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު.

(ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް.

(ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ.

މަސައްކަތުގެ މާހައުލު:

 

ލޭބަރ (ނޮން ސްކިލްޑް)

މަޤާމް:

30 (ތިރީސް)

ބޭނުންވާ އަދަދު:

ހއ.ދިއްދޫ

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތު އަތްމަތީ އާލަތްތައް ގެންގުޅެން އެނގުން.

(ށ) ދެވޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަންދީ އެގޮތުގެ މަތިން މަސައްކަތް ކުރުން.

(ނ) ޓީމަކާއިއެކު މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރި ފަރާތެއްކަމުގައިވުން.

(ރ) ހަރަކާތްތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ބަރު އެއްޗެހީގައި ހިފައި އުފުލުމަށާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމަށް ސިއްހަތު ސަލާމަތުން ހުރުން.

(ބ) ހަރުގަނޑު ފަދަ ތަކެއްޗަށް އަރައި ކުރަންޖެހޭ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.ދިއްދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

 

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ހއ.ދިއްދޫ ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

03 ޖަނަވަރީ 2021

19 ޖުމާދަލްއޫލާ 1442

03 ޖަނަވަރީ 2021