ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2020/111
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2021
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 31 ޖަނަވަރީ 2021 14:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިނިވަން މަސައްކަތްތެރިން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުސާރަ އާއި އެހެނިހެން އެލެވަންސް:

  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/100ރ. (ސަތޭކަ ރުފިޔާ) އާއި -/250ރ. (ދުއިސައްތަ ފަންސާސް ރުފިޔާ) ދެމެދުގެ ދުވަހު އެލެވަންސްއެއް ލިބިދެވޭނެ
  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި -/175ރ. (ސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން އަދި މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމައްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

 ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
  3. ފޯމު ހުށަހަޅާ ފަރާތުގެ ވަނަވަރު

އިތުރު މަޢުލޫމާތު:

ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ މެދުގައި ފިޒިކަލް ފިޓްނަސް ޓެސްޓްތައް ހެދިގެންދާނެއެވެ.

                           19 ޖުމާދަލް އޫލާ 1442

                           03 ޖަނަވަރީ  2021                

03 ޖަނަވަރީ 2021