ޢާންމު މަޢުލޫމާތު
ނަންބަރު: L05C-B/2020/09
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 22:37
ސުންގަޑި: 31 ޑިސެންބަރު 2021 23:59
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ކާވެނިކޮށްދޭ ދުވަސްތައް ކަނޑައެޅުން

 

އިޢުލާނު

މީލާދީ ސަނަތުން 2021 ވަނަ އަހަރު ފ.ޖުޑީޝަލް ދާއިރާގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކުގައި ކާވެނިކޮށްދޭ ދުވަސްތަކާއި، ގަޑިތައް ތިރީގައި މިދަންނަވާ ގޮތުގެމަތިން ފ.ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވާތީ ދަންނަވަމެވެ.

1.      ކާވެނިކޮށްދޭ ދުވަސްތައް: ދެޢީދު ދެދުވަހާއި، ޢީދުގެ މުނާސަބަތާ ގުޅިގެން އަންނަ ބަންދު ދުވަސްތަކާއި، ޙައްޖު ދުވަހާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފިޔަވައި އަހަރުގެ ހުރިހާ ދުވަސްތަކެއް.

2.      ކާވެނިކޮށްދޭ ގަޑިތައް:

ރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް:13:00         އިން 14:00 އަށް

ނުރަސްމީ ގަޑީގައި ކޯޓުގައި ކުރާ ކާވެނިތައް:20:30      އިން 21:30 އަށް )ހަމައެކަނި ރަސްމީ ދުވަސްތަކުގައި(

ކޯޓުން ބޭރުގައި ކުރާ ކާވެނިތައް:         16:00 އިން 22:30 އަށް

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

16 ޖުމާދަލްއޫލާ 1442

31 ޑިސެންބަރު 2020 

31 ޑިސެންބަރު 2020