ދިވެހިރާއްޖެ
އިޢުލާން
2021 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން
2021 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލުގެ އިޢުލާނު ނަންބަރު:GS-169/IUL/2020/004 (26 ނޮވެންބަރު 2020 ) ގެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ. 01 ފެބުރުވަރީ 2021ން 31 ޑިސެމްބަރ 2021ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚުގައި މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ފ. ބިލެއްދޫ ސްކޫލު (އޮފީސް) |
2021 ޖަނަވަރީ 10 |
އާދީއްތަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
2021 ޖަނަވަރީ 13 |
ބުދަ |
11:00 |
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑު ގެންނެވުން އެދެމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށް ވެސް ދެންނެވީމެވެ.އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާ ކޮންމެ ބޭފުޅަކަށް ވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ 7952913 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތެއް ދެވޭނެއެވެ.