ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ED/438/2020/261
ޕަބްލިޝްކުރި ތާރީޚް: 31 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:31
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޔުނައިޓެޑް ޢަރަބް އެމިރޭޓްސް އިން ކޮންމެ އަހަރަކު ދެމުންދާ 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް' ގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

          ޔުނައިޓެޑް ޢަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އިން ކޮންމެ އަހަރަކު ދެމުންދާ 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް'ގެ 2022 ވަނަ އަހަރުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި އިނާމަކީ 2008 ވަނަ އަހަރު ތަޢާރަފުކޮށް މައިގަނޑު 5 (ޞިއްޙީ، ކާބޯތަކެތި، ހަކަތަ، ފެން އަދި މަތީ ސާނަވީ މަދަރުސާތައް) ދާއިރާއިން ، އެ ދާއިރާތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކުން ކޮށްފައިވާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެކަންކަން ފާހަގަކުރުމަށް ދެމުންދާ އިނާމެކެވެ.

          މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު 06 މޭ 2021 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް 'ޒައިދް ސަސްޓެއިނަބިލިޓީ ޕްރައިޒް' ގެ ފަރާތުން ވަނީ އަންގަވާފައެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މި ޢިއުލާނާ އެކު ވާ 'ސްޓޭކްހޯލްޑަރ ޕެކް'ގެ އިތުރުން www.zayedsustainabilityprize.com ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

31 ޑިސެންބަރު 2020