ކުއްޔަށް ހިފުން
ނަންބަރު: (IUL)170-PR/170/2020/97
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 19:29
ސުންގަޑި: 10 ޖަނަވަރީ 2021 12:30
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށްއެއް ކޮޓަރީގެ އެޕާރޓްމަންޓެއް އެއް އަހަރު ދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަށް 250-150 އަކަފޫޓުގެ 1 ކޮޓަރީގެ އެޕާރޓްމަންޓެއް 1 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވިމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މި ކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 10 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 12:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއިގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓްގައި ހިމަނާފައިވާނެއެވެ. އަދި މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 06 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން[email protected]    އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ 3022115 / 3022120 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

30 ޑިސެންބަރު 2020