މަސައްކަތް
ނަންބަރު: GS146/IUL/2020/12
ޕަބްލިޝްކުރި ތާރީޚް: 30 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 06 ޖަނަވަރީ 2021 12:00
ގުޅީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތް

އިޢުލާން 

މި ސްކޫލްގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

1. ސެން ކްލާސް ހެދުން

2. ޕްރިންޓިންގ ރޫމް ބޮޑުކޮށް، ފުރާޅު ބަދަލުކުރުން

3. ގުދަނުގައި ތަޅުން އެޅުމާއި ސިމެންތި ޖެހުން

 

މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ވީމާ، މި މަސައްކަތްތައް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެންބަރ 31 ން 2021 ޖަނަވަރީ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 ން 12:00 އަށް މިއިދާރާއަށް ވަޑައިގެން ނަންނޯޓްކުރެއްވުން އެދެމެވެ. މިމުއްދަތުގައި ނަންނޯޓު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮޕީއާއި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ހުށަހަޅުއްވަން ވާނެއެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާޑު ގެންނަވަންވާނެއެވެ.

 

މި މަސައްކަތްތަކާއި ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2021 ޖަނަވަރީ 06 ވާ ބުދަ ދުވަހުގެ 13:00 ގައި ގުޅީ ސްކޫލް އޮފީހުގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ގުޅީ ސްކޫލް އޮފީހުގައެވެ.

މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 10 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ.

 

ގުޅީ ސްކޫލް / ކ. ގުޅި

ފޯން: 6642512

އީމެއިލް: [email protected]

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއޫލާ 1442

30 ޑިސެންބަރު 2020