ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)396-C/2020/36
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 09:22
ސުންގަޑި: 07 ޖަނަވަރީ 2021 13:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހުޅިޔަންދު ވަރުވާއަށް ދޫކުރުމާ ގުޅޭ

      ދަނބިދޫ ކައުންސިލްގެ އިހްތިޞާޞް ގައި ހިމެނޭ ލ. ހުޅިޔަންދޫ 6 މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިރަށް ވަރުވާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް ކުލި ދައްކާ ގޮތަށެވެ. ވަރުވާއަށް ދޫކުރާ އެންމެ ކުޑަ އަގަކީ މަހަކު -/10000ރ (ދިހަހާސް ރުފިޔާ) އެވެ.

  ވީމާ،މިރަށް ވަރުވާއަށް ނެންގެވުމަށް ބޭނުންފުޅުވާ ފާރާތްތަކުން 07 ޖަނަވަރީ 2021ވާ ބުރާސްފަތި ދުވަހުގެ 13:00ށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޖަނަވަރީ 2021ވާ އާދިއްތަ ދުވަހުގެ 13:00ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ނުކުރާ ފާރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެއެވެ. މިގޮތުން  އެސްޓިމޭޓް ހުށަހަޅުއްވާއިރު އެމީހާގެ އައި.ޑީ.ކާޑުގެ ފޮޓޯ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އެސްޓިމޭޓް ހުށަހެޅުއްވުމާއި މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުވާ މީހެއްކަން އިނގޭނެ ލިޔުމަކާއި އެމީހެއްގެ އައި.ޑީ.ކާޑުގެ ފޮޓޯ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

      ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2020