މަސައްކަތް
ނަންބަރު: FSM-ADV/2020/058
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި:
04 ޖަނަވަރީ 2021 12:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ރީޓެއިނަރ އުޞޫލުން މާރކެޓިންގ އަދި ޕަބްލިކް ރިލޭޝަންސްގެ ޚިދުމަތް ދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: މިބިޑުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 04 ޖެނުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް މެއިލް ކުރައްވާ ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަން ވާނެއެވެ.
- ކުންފުނި / ވިޔަފާރި ހުއްދަ / އަމިއްލަ ފަރުދުގެ ނަން
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ކުންފުނި ތަމްސީލު ކުރާނެ ފަރާތް އަދި މަޤާމް / އަމިއްލަ ފަރުދެއްނަމަ އައިޑީ ކާޑު ނަންބަރު
- އިޢުލާނު ނަންބަރު
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބާޠިލު ކުރެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 13 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރީޢާއިންނެވެ.
(އީމެއިލް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ހަމައްޖަސާފައިމިވަނީ، ކޮވިޑް-19 ގެ މިޙާލަތުގައި ގިނަ ފަރާތްތަކަކުން އެއްތަނަކަށް ޖަމާވެ ބައްދަލުވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ނުވާތީއެވެ)
މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު، މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
29 ޑިސެންބަރު 2020