މަސައްކަތް
ނަންބަރު: (IUL)GS129/2020/09
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 07 ޖަނަވަރީ 2021 10:00
ފައިނު ސްކޫލް
ދިވެހިރާއްޖެ
ފައިނު ސުކޫލުގެ ނާސްތާ ތައްޔާކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

2021ވަނަ އަހަރު މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަން ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

  1. މި ބީލަމާއި ގުޅޭ ޕުރީބިޑް މީޓިން އޮންނާނީ 04 ޖެނުއަރީ 2021 ވާ ހޯމަދުވަހުގެ 10:00 ގައި ފައިނު ސުކޫލުގައެވެ.
  2. ބީލަން ހުޅުވުން އޮންނާނީ 2021 ޖެނުއަރީމަހުގެ 07 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލްގައެވެ.
  3. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފައިނު ސުކޫލް

ރ.ފައިނު

ފޯން: 6580358

އީ-މެއިލް: [email protected]

މައުލޫމާތު ސާފްކުރުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފްނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

29 ޑިސެންބަރު 2020