މަސައްކަތް
ނަންބަރު: AS-B/IU/2020/36
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި:
03 ޖަނަވަރީ 2021 14:00
އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުން
ބީލަން ހުށައެޅުމުގެ ދައުވަތު
- މި ސްކޫލްގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ޑިސެންބަރު 29 އިން 2021 ޖެނުއަރީ 3 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ޖަނަވަރީ 03 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ޖަނަވަރީ 04 ވާ ހޯމަ ދުވަހުގެ 13.00 ގައި މި ސްކޫލްގެ ޖަލްސާކުރާ މާލަމު ގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2021 ޖަނަވަރީ 6 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ ޖަލްސާކުރާ މާލަމު ގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ސިކިއުރިޓީގެ ގޮތުގައި -/5000ރ ( ފަސްހާސް ) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސިކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
.
އަމީނިއްޔާ ސްކޫލް
ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 3325762، 3323247
29 ޑިސެންބަރު 2020