ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)416-CAA/416/2020/79
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 08:22
ސުންގަޑި: 05 ޖަނަވަރީ 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް މަސައްކަތު މީހުން ހޯދުމަށް

މަޤާމް

މިސްކިތު މަސައްކަތު   (ވަގުތީ)

ބޭނުންވާ އަދަދު:

02 (ދޭއް)

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދުވަގުތަކަށް 60 މިނެޓް ހިމަނައިގެން ދުވާލަކު 5 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

 

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 45/- ރުފިޔާ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

މަސްޖިދުލް ބަރަކާތު އަދި ތަޤުވާ މިސްކިތް/ގދ.މަޑަވެލި

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު:

  1. 5 ވަގުތު މިސްކިތަށްގޮސް މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކުރުމާއި، މިސްކިތުގެ ފަންކާތައް ފޮޅާސާފްކުރުން .
  2. ވުޟޫކުރާ އިސްކުރު ބަރިތަކާއި، ފާޚާނާތައް  5 ވަގުތައް ސާފްކޮށް ބެލެހެއްޓުން.
  3. މިސްކިތުގެ ގޯތިތެރެ އާއި މިސްކިތާ އިންވެގެން އޮންނަ މަގުތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

 

ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. އައި.ޑީ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް އެދޭ ފަރާތްތަކުން 05 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު

ވޭޖް އިމްޕްލޯއިމަންޓްގެ ދަށުން މިސްކިތު މަސައްކަތު މީހުން ބޭނުންވަނީ 2021 ޖަނަވަރީ އިން 2021 ޑިސެންބަރުގެ ނިޔަލަށް ދާއިމީ މިސްކިތު މަސައްކަތު މުވައްޒަފުން އަހަރީ ޗުއްޓީ، ސަލާމް އަދި ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން އެދުވަސްތަކުގައި ވަގުތީގޮތުން މަސްޖިދުއް ތަޤުވާ/ބަރަކާތު މިސްކިތުގައި މަސައްކަތްކުރުމަށެވެ.

 

 

28 ޑިސެންބަރު 2020