|
މަޤާމް:
|
ސޯޝަލް ކްލާރކް
|
ބޭނުންވާ ޢަދަދު: 01
|
|
މަޤާމުގެ ބާވަތް:
|
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.)
|
|
މުސާރައާއި އެލަވަންސް:
|
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 200/- (ދުވިސައްތަ) ރުފިޔާ.
|
|
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:
|
ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 16:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.
|
|
ތަޢްލީމީ ފެންވަރު:
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
3- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
|
|
މަޤާމަށް ބޭނުންވާ ހުނަރު:
|
- ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
- މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢްލޫމާތު ލިޔެ ބަލަހައްޓަން އެނގުން.
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ޤަވާޢިދާއި ޚިލާފަށް ތަކެތި ބަހައްޓާތޯ ދުވަހުން ދުވަހަށް ބަލައި، ޗެކުކޮށް އެފަދަ ތަކެތި ނެގުމަށް އަންގައި ޗިޓު ފޮނުވައި ތަކެތި ނެގުމަށް ބާރުއަޅައި، ތަކެތި ނުނަގައިފިނަމަ، ޔުނިޓުގެ އިސް މުވައްޒަފުގެ ލަފަޔާއި އިރުޝާދުގެ ދަށުން އެފަދަ މައްސަލަތައް ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން.
- ރަށުގެ މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގެ ބައްތިތައް ރޭގަނޑު ދިއްލޭތޯ ބަލައި، ނުދިއްލޭ ބައްތިތައް ދިއްލުމަށް އިދާރާގެ އިލެކްޓްރިޝަނުންނަށް ވޯރކް އޯޑަރު ފޮނުވުމާއި ބައްތި ދިއްލުމަށް ބޭނުންވާ ތަކެއްޗާއި ސާމާނު ހޯދުމަށް ރިކުއެސްޓް ފޯމު ތައްޔާރުކޮށް ތަކެތި ހޯދައި މަސަކަތް ވިލަރެސްކޮށް ދުވަހުން ދުވަހަށް ޔުނިޓުގެ އިސް މުވައްޒަފަށް ރިޕޯޓް ކުރުން.
- ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ސުޕަރވައިޒަރުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި ވޭސްޓް މެނޭޖްމެންޓް ސެންޓަރާއި އެ ސަރަޙައްދުގެ ގޮނޑުދޮށާއި ކަނޑުތޮށި ސާފުކުރުމަށް ދުވަހުން ދުވަހަށް ހިންގާ ޕްރޮގްރާމާއި ގުޅިގެން ތައްޔާރުކުރާ ލޮގްޝީޓް ފުރިހަމަ ކުރުވައި، ލޮގްޝީޓު ޔުނިޓުގެ އިސްމުވައްޒަފާއި ޙަވާލުކުރުމާއި ވޭސްޓް މެނޭޖްމެންޓް ސެންޓަރަށް އުކާލެވިފައި ހުންނަ ތަކެތިން ދެވަނަ ފަހަރަށް ބޭނުންކުރެވޭ ބާވަތުގެ ތަކެތި އެއްކުރެވުނު މިންވަރާއި ވިއްކި މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުރުން.
- ގޯތި ގޯއްޗާއި ބިންބިމާއި އިންވެގެން އޮންނަ މަގުތައް ސާފުކުރުމަށް ގޯތިތަކާއި ބިން ޙަވާލުކުރެވިފައިވާ ފަރާތްތަކަށް އަންގައި ޗިޓު ފޮނުވައި ކުނިކެހުމަށް ބާރުއަޅައި، ކުނި ނުކަހާނަމަ ޔުނިޓުގެ އިސް މުވައްޒަފުގެ ލަފަޔާއި އިރުޝާދުގެ ދަށުން އެފަދަ މައްސަލަތައް ބަލައިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން.
- ރަށުގެ ކުޅިވަރު ޕާރކުތަކާއި ކުޅިވަރުކޯޓުތަކާއި ކުޅޭ ދަނޑުތަކާއި ސިނާޢީ މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ބިންތަކާއި އޮޑިހަރުގެތަކުގެ ޙާލަތު ބަލައި ދުވަހުން ދުވަހަށް ރިޕޯޓް ކުރުން.
- ރަށުގެ ބަނދަރު ބެލެހެއްޓުމަށް އިދާރާއިން ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ބަނދަރު ބަލަހައްޓައި، ބަނދަރުގެ އިންތިޒާމްތައް ހަމަޖެއްސުން.
- ގޭބިސީތަކުން ކުނިނަގައި ދިނުމަށް އިދާރާއިން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް، ދިމާވާ މައްސަލަތައް ޔުނިޓުގެ އިސް މުވައްޒަފަށް ރިޕޯޓް ކުރުމާއެކު، ޚިދުމަތާއި ގުޅޭގޮތުން ލިބޭ ފޯލްޓް ރިޕޯޓްތައް ބަލައި ރިކޯޑްކުރުން.
- އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.
2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3- ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.
4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.
|
|
ސުންގަޑި:
|
31 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.
|
| |
|
|
|
|