ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)456-CA/456/2020/30
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 ޖަނަވަރީ 2021 14:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
2021 ވަނައަހަރު ކަލައިދޫ މިސްކިތަށް ވަގުތީ މަސައްކަތު މީހުން ބޭނުންވެއްޖެ.

 

 

މަޤާމު:

މަސައްކަތު

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ބޭނުންވާ އަދަދު:

5 (ފަހެއް)

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 45 ރުފިޔާ

މަސައްކަތް ކުރަންޖޭ ތަން:

ކަލައިދޫ މިސްކިތް

ފެންވަރު ނުވަތަ ޝަރުޠު:

  1. އަސާސީ ފެންވަރަށް ލިޔަން ކިޔަން އެނގުން
  2. ގިނަވަގުތު މަސައްކަތު އުޅެވޭ ފުރިހަމަ ސިއްހަތެއް ލިބިފައިވާ މީހެއްކަމުގައި ވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާ ސާފުކޮށް ބެލެހެއްޓުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދޭކަމުގެ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރު.
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއް ކަމުގައިވުން.
  3. އިންޓަރވިއުއަށް ލިބޭ މާކްސް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ، 6800730 އެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2021 ޖެނުއަރީ 07 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި އިދާރާ ހުށަހެޅުން އެދެމެވެ.

 އިންޓަރވިއު:

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚް ސިޓީ ހުށަހަޅާފަރާތްތަކަށް ފަހުން އެންގޭނެއެވެ.

 

28 ޑިސެންބަރު 2020