ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)346/346/2020/65
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 05 ޖަނަވަރީ 2021 14:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ

މި އިޢުލާންވަނީ 29 ޑިސެންބަރު 2020 13:55 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:                       ޕްރީސްކޫލް ޓީޗަރ

ބޭނުންވާ އަދަދު:                 2 (ދޭއް)

އޮފީސް:                       އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލް އިދާރާ

ޔުނިޓް:                       ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް

މަޤާމުގެ ގިންތި:                 ވަގުތީ

މަސައްކަތް ހަމަޖެހިފައިވާތަން:        އއ. ހިމަންދޫ ކޮމިއުނިޓީ ޕްރީސްކޫލް

ރަށް:                         އއ. ހިމަންދޫ

މުއްދަތު:                      10 ޖަނަވަރީ 2021 އިން 31 ޑިސެމްބަރ 2021 ގެ ނިޔަލަށް  

މަޤާމު

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ (ރުފިޔާ)

ޕްރީ ސްކޫލް ޓީޗަރ

ޕްރީސްކޫލް ޓީޗަރ 2

 ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓްފިކެޓް 2   ލެވެލްގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 ނުވަތަ

  ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ބީ" ގްރޭޑް ލިބިފައިވުން އަދި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގެ "ދިވެހި" މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއި އެކު 4 އަހަރު ދުވަހު މިދާއިރާގައި މަސައްކަތް ކޮށްފައިވާ މީހެއް ކަމުގައި ވުން.

 

4000.00

 

 

އެލަވަންސް :

 

 

1000.00

 

 

 

 

 

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  1. މަންހަޖުގައި ކަނޑައެޅިފައިވާ މައިގަނޑު ޤާބިލިއްޔަތުތައް ޙާސިލްވާގޮތަށް ސްކީމް އޮފް ވޯރކް ތައްޔާރުކުރުން.
  2. ކުރިއަށް އޮންނަ ހަފުތާއަށް ލެސަން ޕްލޭން، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެހީ ތައްޔާރުކުރުން(ތަފާތު ފެންވަރުގެ ކުދިންނަށް އަމާޒުކޮށް).
  3. ކްލާހަކީ ކުދިންނަށް އަމިއްލައަށް އުނގެނުމަށް ފަހި މާޙައުލަކަށް ހެދުން (ތަފާތު ހުނަރު ދަސްވާގޮތަށް ކުލާހުގެ މާޙައުލު ރާވައިލުން).
  4. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުން.
  5. ކުދިންނާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު މުދައްރިސަށް އެނގި، އޮޅުން ފިލާފައި ހުރުން.
  6. ކުދިންގެ ތަޢުލީމީ ކުރިއެރުން (ކުދިންގެ ތަޢުލީމީ، ޖިސްމާނީ ކުރިއެރުން، ކުދިންގެ ހުނަރުތައް) ޤަވާއިދުން ބަލަހައްޓައި، އެމަޢުލޫމާތު  ޤަވާއިދުން ބެލެނިވެރިންނަށް ފޯރުވައިދިނުން (ޕޯޓްފޯލިއޯ، އެނެކްޑޯޓަލް ރިކޯޑްސް).
  7. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތައް ހިންގުމުގެ ޒިންމާނަގައިގެން ހިންގުން.
  8. ކިޔަވައިދިނުމުގައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުން.
  9. ކުދިން ކުލާހަށް އައުމަށްފަހު ކިޔަވައި ނިމެންދެންނާއި، އަދި ކިޔަވައި ނިމުމުން، އެކުދިންގެ ބެލެނިވެރިން އެ ކުދިންނާ ހަވާލުވަންދެން އެކުދިން ބެލެހެއްޓުމުގެ ޒިންމާނެގުން.
  10. މުދައްރިސުން އެމީހުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.
  11. ހަމަހަމަގޮތެއްގައި ސްކޫލްގެ ޙަރަކާތްތަކުގައި ހުރިހާ ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތުދިނުން.
  12. ޕްރީސްކޫލް ކްލާސްރޫމް ތެރެ އަދި ގޯތިތެރެ މަސައްކަތު މީހުނާއި ގުޅިގެން ސާފްކޮށް ބެލެހެއްޓުން.

 

މިވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމާއި ތަމްރީނު

މަސައްކަތުގެ ތަޖުރިބާ

މަސައްކަތުގެ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި ސިފަތައް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:  ފޯން: 6660061

 ފެކްސް: 6660061

 

އިންޓަރވިއު އޮންނާނެ ގަޑި:

             މިމަޤާމަށް މީހަކު ނެގުން އޮންނާނީ އިންޓަރވިއު  ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 06  ޖަނަވަރީ 2021 އާއި 10 ޖަނަވަރީ 2021 އާއި ދެމެދުގައި ހިމަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  

ސުންގަޑި:ޝަރުތު ހަމަވާ މީހުން 05 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އއ.ހިމަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (ކައުންސިލް އިދާރާއިން އަދި ސިވިލްސަރިވސް ކޮމިޝަންގެ ވެބްސައިޓްwww.csc.gov.mvއިން ލިބެން ހުންނާނެއެވެ).
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ފޮޓޯކޮޕީ.
  • މުއްދަތު ހަމަނުވާ އައި.ޑީ ކާޑްގެ ސާފު ފޮޓޯކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ).

 

                   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                   13 ޖުމާދަލްޢޫލާ 1442

                   28  ޑިސެމްބަރ 2020

28 ޑިސެންބަރު 2020