ކުއްޔަށް ހިފުން
ނަންބަރު: MWSC-L/3/ADV/2020/168
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 31 ޑިސެންބަރު 2020 23:59
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ އަށް ހއ. މުރައިދޫ އިން ޕްރޮޖެކްޓް އޮފީހެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން - ރީޓެންޑަރ

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު   

މިކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ހއ. މުރައިދޫގައި މިކުންފުނީގެ ފަރާތުން ހިންގާ ޕްރޮޖެކްޓްގެ މަސައްކަތަށް ދާ މުވައްޒަފުން ބޭތިއްބުމާއި ނުވަތަ ޕުރޮޖެކްޓް އޮފީހެއް ޤާއިމް ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީ އަށް ހއ. މުރައިދޫގައި އިން ކުއްޔަށް ދޫކުރާނެ ތަނެއް ވެގެން ކުރެވުނު އިޢުލާން ނަމްބަރު  (MWSC-L/3/ADV/2020/158) ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ތިރީގައިވާ ތާވާލާއި އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.

ކުއްޔަށް ހިފާ ތަނުގައި ހުންނަން ޖެހޭ މުހިންމު ޝަރުތުތައް

  1. 02 ކޮޓަރީގެ އެޕާޓްމަންޓް އަކަށް ވާން ޖެހޭނެއެވެ.
  2. މަދުވެގެން 02 ކޮޓަރީގައި ފަރުނީޗަރު ވެއްދިފައި ހުރުން.
  3. މަދުވެގެން 02 ފާޚާނާ ހުރުން.
  4. އެޕާޓްމެންޓްގެ އެއް ކޮޓަރި ނުވަތަ ސިޓިންގް ރޫމް މި ކުންފުނިން ބޭނުންކުރާނީ ސައިޓް އޮފީސް ހެދުމަށް.
  5. މި ކުންފުނިން ތަން ޗެކުކޮށް އެންމެ އެކަށީގެންވާ ގޮތަކަށް ހަދައި ސެކިއުރިޓީ ރަނގަޅުތަނަކަށް ވުން.
  6. އުނދުން އަދި ހިފާ ގެންގުޅޭ ސާމާނާއި، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ހުރުން.
  7. އިމާރާތާއި ފަރުނީޗަރަކީ އަދި އެހެނިހެން ތަކެއްޗަކީ ބާވެހަލާކުވެފައިވާ ތަކެތިކަމުގައި ނުވުން.

 

ތަފްސީލް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

31 ޑިސެމްބަރ 2020

11:30

ހއ. މުރައިދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

އަގު ހުށައެޅުން

03 ޖަނަވަރީ 2021

11:30

ހއ. މުރައިދޫ ކައުންސިލް އިދާރާ ނުވަތަ އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ)

 

ނޯޓް: އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވަނީ ކުންފުންޏެއް ގެ ނަމުގައި ވަނީނަމަ، ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

28 ޑިސެންބަރު 2020