ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2020/34
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:26
ސުންގަޑި: 06 ޖަނަވަރީ 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓިންގ ކޯޑިނޭޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                    އިޢުލާން ނަންބަރު: IUL)MMPRC-HR/1/2020/34)

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  އެސިސްޓެންޓް މާކެޓިންގ ކޯޑިނޭޓަރ

މުސާރަ (މަހަކު) : -/5,820 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/1,940  ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/1,940  ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ

ބޭނުންވާ އަދަދު: 2

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ޖީ.ސީ.އީ.އޭ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުން (ނުވަތަ)،

ށ. ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުން 3 މާއްދާ  (އިނގިރޭސި އަދި ދިވެހި ބަސް ހިމެނޭގޮތަށް) ފާސްވެފައިވުމާއިއެކު މަޤާމާއި ގުޅޭދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2 - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މިކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތްތަކުގައި ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓްތައް) ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާރކެޓިންގ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.

- މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި މޮނިޓަރކޮށް، ރިޕޯރޓްތައް ތައްޔާރުކުރުން.

- ޙަވާލުކުރެވޭ މާކެޓްތަކުގެ ޓުއަރ އޮޕަރޭޓަރުންނާއި، މީޑިއާ ހިމެނޭ ގޮތަށް ޑޭޓާބޭސް ބެލެހެއްޓުން.

- މީޑިއާގައި ރާއްޖެއާބެހޭ އެދެވޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމަށްޓަކައި އެއިރެއްގައި ހިނގަމުންދާ ނުވަތަ އެންމެ ޝައުގުވެރިކުރުވާ ފަދަ ޓޮޕިކްތަކާ ގުޅޭ މައުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދާ، ސުޕަވައިޒަރާއި ހިއްސާކޮށް އިނގިރޭސި އަދި ދިވެހި ބަހުން މީޑިއާ ރިލީޒް ތައްޔާރުކުރުމާއި، ސޯޝަލް މީޑިއާއި ކަމާގުޅޭ މާކެޓްތަކުގައި ސާކިއުލޭޓް ކުރުން. އަދި ބޭރުދުނިޔޭގައި ރާއްޖެއަށްލިބޭ ޕޮޒިޓިވް ޕަބްލިސިޓީ އިތުރުކުރުމުގެ ގޮތްތަކާއިބެހޭ ކްރިއޭޓިވް އައިޑިއާތައް ދިނުން.

- ޙަވާލުކުރެވޭ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިމާވާ މައްސަލަތައް ދިރާސާކޮށް ރިޕޯރޓްތައް ތައްޔާރުކުރުން.

- ޙަވާލުކުރެވޭ މާރކެޓްތަކުގައި އިޝްތިހާރު ކުރުމާއިގުޅޭ އެންމެހާ މަސައްކަތާއި އަދި އެހެނިހެން ކަންތައްތައް ޕީ.އާރް ގެ ލަފާ ހޯދާ، ސުޕަވައިޒަރގެ ލަފާގެ މަތިން ކުންފުންޏާއި ގުޅިގެން ކުރަމުން ގެންދިއުން

- ޙަވާލުކުރެވޭ ޕީ.އާރު ފާމުތަކުން ކުރާ މަސައްކަތްތައް އެފަރާތްތަކާއި ހެދިފައިވާ ކޮންޓްރެކްޓް ތަކުގައިވާ ގޮތުގެމަތިން ކުރިއަށްގެންދޭތޯ ބެލުމާއި، ކޮންމެމަހަކު އެފަރާތުން ފޮނުވާ ރިޕޯރޓްތައް ޗެކްކޮށް މާކެޓަށް އަންނަ ބަދަލުތައް ދެނެގަނެ އެކަންތައްތަކަށް އަމަލުކުރުމާއި ޕީ.އާރުގެ މަސައްކަތްތައް ހިނގަމުންދާގޮތާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިރަށް އެންގުން.

- ޙަވާލުކުރެވޭ  މާރކެޓްތަކުގެ މަޖައްލާތަކުގައި ޖަހާ އިޝްތިހާރުތަކުގެ މަސައްކަތްތައް އަޕްޓޭޑް ކޮށް ބެލެހެއްޓުން.

- މާރކެޓްތަކުގެ މާރކެޓް ރިޕޯރޓްތައް ތަޔާރުކޮށް ދިރާސާކުރުމުގައި މާރކެޓިންގ ޓިމަށް އެހީތެރިވުން.

- މާރކެޓިންގ ޓީމުގައި ހިމެނޭ މާރކެޓް ތަކުގައި ހިންގާ އެންމެހާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މަސައްކަތް ތަކަށް އެހީތެރިވެ ޑެޑްލައިންތަކަށް ނިންމުން.

- ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3-  ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:   06 ޖެނުވަރީ 2021 ވަނަ ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

ޕޮލިސް ރިޕޯޓް

5 - އިތުރު މަޢްލޫމާތު:

  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

28 ޑިސެންބަރު 2020