ދިވެހިރާއްޖެ
| 
 G2C-A/2020/10  | 
 ވަޒީފާގެ ފުރުޞަތު  | 
||
| 
 27 ޑިސެމްބަރ 2020  | 
|||
| 
 ރޭންކް: އެސް.އެސް 1  | 
 ހައުސްކީޕަރ  | 
 މަޤާމް  | 
|
| 
 ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 1  | 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު  | 
|
| 
 ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓް / ޅ.ނައިފަރު  | 
 ވަޒީފާ އަދާކުރަންޖެހޭ ތަން  | 
||
| 
 -/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)  | 
 މުސާރަ  | 
||
| 
 -/1000ރ (އެއްހާސް ރުފިޔާ)  | 
 ސަރވިސް އެލަވަންސް  | 
||
| 
 -/2550 ރ. (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)  | 
 ލިވިންގ އެލަވަންސް  | 
||
| 
 އަސާސީ މުސާރައިގެ %35  | 
 ޖުޑީޝަލް އެލަވަންސް  | 
||
| 
 އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.  | 
 އިތުރުގަޑީގެ ފައިސާ  | 
||
| 
 1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން. ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ޓެސްޓެއް ދީގެންނެވެ.  | 
 އަސާސީ ޝަރުތު  | 
||
| 
 1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ ޢުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކުކަމުގައި ނުވުން. 2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.  | 
 އެހެނިހެން ޝަރުތު  | 
||
| 
 1. ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރަސްމީ ލިޔެކިއުންތައް ކޯޓުން ހަމަޖައްސަވާ ގޮތެއްގެމަތިން އެފަރާތްތަކަށް ރައްދުކުރުން. 2. ކޯޓު ޢިމާރާތުގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކުރުން. 3. ހަމަޖެހިފައިވާ އުޞޫލުގެ މަތިން ޝަރީޢަތުގެ މަޖްލީހާއި އިދާރީ މުވައްޒަފުން މަސައްކަތްކުރާ ބައިގެ ފަރުނީޗަރުތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން 4. ކުޑަދޮރުތަކުގެ ބިއްލޫރިތަކާއި އަލަމާރި، ހަރުގަޑުފަދަ ތަކެއްޗާއި ފަންކާތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ސާފުކޮށް ބެލެހެއްޓުން 5. ފާޚާނާތަކާއި ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ސައިކޮޓަރީގެ އެންމެހާ އިންތިޒާމު ހަމަޖައްސައި ބެލެހެއްޓުން. 6. އެކިއެކި ބޭނުމުގައި ކޯޓަށް ޙާޟިރުވާ މީހުން އެއައި ބޭނުމެއް އޮޅުން ފިލުވައި، އެކަމާ ގުޅޭ މުވައްޒަފަކާ ގުޅުވައިދިނުން. 7. ކޯޓު އިމާރާތުގެ ގޯތިތެރޭގައި ގަސް އިންދާ، ފެންދީ ބެލެހެއްޓުން 8. މީގެ އިތުރުންވެސް ކޯޓުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައި ނެތްނަމަވެސް ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.  | 
 މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު  | 
||
| 
 * ފުރިހަމަކޮށްފައިވާ “ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާފޯމް” * ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ * ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު * ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ * ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) * ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ * މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. * މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން * ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ) 
 
  | 
 ހުށަހަޅަންޖެހޭ ތަކެތި  | 
||
| 
 05 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  | 
 ސުންގަޑި  | 
||
| 
 ހައުސް ކީޕަރުގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، މަސައްކަތަށް ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައިގެންނެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ: * ލިބިފައިވާ ތަޢުލީމް: %30 * މަސައްކަތުގެ ތަޖްރިބާ: %35 * އިންޓަރވިއު: %35  | 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް  | 
||
| 
 1. މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ 'ވަޒީފާއަށް އެދޭ ފޯމް' މިކޯޓުން ރަސްމީދުވަސްތަކުގައި ހެނދުނު 08:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 2. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ. 3. މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6620366 (ރަސްމީ ގަޑީގައި) 4. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ 5. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ. 6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނަ ތާރީޚާއި ގަޑި އެފަރާތްތަކަށް މިކޯޓުން އަންގާނެވާހަކަ ދެންނެވީމެވެ. އިންޓަވިއު އޮންނާނީ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައެވެ. 
  | 
 އިތުރު މަޢުލޫމާތު  | 
||
| 
 1. ރަސްމީ ބަންދު ދުވަސްތަކާ ރަސްމީ ދުވަސްތަކުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތަކަށްވުން 2. ދަތުރުކުރަންޖެހިއްޖެ ޙާލަތެއްގައި ދަތުރު ކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށްވުން 3. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތަކަށްވުން 4. ޤާނޫނާ ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށްވުން 5. އެހެން އިދާރާއެއްގައި މަސައްކަތްކުރާ، ނުވަތަމަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާ، ޙާޟިރީއާއި، މަސައްކަތުގެ އަޚްލާޤަށް ބެލޭނެއެވެ. 6. ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.  | 
 މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް  | 
||