ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-CB305/305/2020/86
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 07 ޖަނަވަރީ 2021 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމައްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ބެހޭ

އިޢުލާން

 

ދިރިއުޅުމައްޓަކައި ބަންޑާރަގޯތި ދޫކުރުމާއި ބެހޭ

           މި ރަށުން ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފީމެވެ.

 1. ގޯއްޗަށް އެދުމުގައި ޢަމަލު ކުރަންވީ ގޮތް:-

  • ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން ދޫކުރާ "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ނެގުން.
  • ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ފޯމު ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު ފޯމު ހުށަހެޅުން.
  1. 2. ގޯތި ދޫކުރާ ސަރަޙައްދުތައް:-

1 ވަނަ ސަރަޙައްދު (32 ގޯތި)

-  ރ. މާކުރަތު ޗަނބޭލީމާ އެވެ ކިޔާ ގޯތީގެ ދެކުނު ބުލޮކުން 06 ގޯތި 2117.50 އަކަފޫޓުގެ، (55 ފޫޓު × 38.06ފޫޓު)

-  ރ. މާކުރަތު ޗަނބޭލީމާ އެވެ ކިޔާ ގޯތީގެ ދެކުނު ބުލޮކުން  26 ގޯތި 2156 އަކަފޫޓު، (56 ފޫޓު ×  38.06 ފޫޓު)

 

2 ވަނަ ސަރަޙައްދު (10 ގޯތި)

-  ރ. މާކުރަތު ފަލަކު،އަރިފަޅު،ޑޭލައިޓް އެވެ ކިޔާ ގޯތި ހިމެނޭ ބުލޮކުގެ ދެކުނު ބުލޮކުން 10 ގޯތި 2002އަކަފޫޓު، (55 ފޫޓު ×  36.40 ފޫޓު)

  • މިބުރުގައި ދޫކުރެވޭ ގޯތީގެ ޖުމުލަ: 42 ގޯތި
  1. 3. ގޯއްޗަށް އެދި ކުރިމަތިލެވޭ މީހުންގައިހުންނަންޖެހޭ ޝަރުޠުތައް:-

(1)   ދިވެހިރައްޔިތެއް ކަމުގައިވުން.

(2)   ޢުމުރުން 21 އަހަރުވެފައިވުން.

(3)   ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.

(4)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަފޫޓަށްވުރެ ބޮޑުބައެއް ލިބިފައިނެތުން،

(5)   ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދައިފައިވާ ޢިމާރަތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން. އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

(6)   ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

(7)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބެން ނެތުން. ނުވަތަ ލިބެން އޮތްނަމަ އެތަން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.

(8)   ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ކުޑަ ބައެއް ލިބި، އެބިމަކީ ވަކިން ޢިމާރަތްކޮށްފައިވާ ނުވަތަ ވަކިން ޢިމާރާތްކުރެވޭ ގޮތަށް ބައިކުރެވިފައިވާ ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން (މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީކޮށް ދެވޭނީ ތަރިކައިން ލިބެންއޮތް ގޯތި ނުވަތަ ލިބެން އޮތްބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށްފަހުގައެވެ.)

(9)   ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިނެތުން.

(10)  ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ރާއްޖޭގެ އެއްވެސް ރަށަކުން ލިބެން ނެތުން.

4. ގޯތި ދިނުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ އިތުރު ޝަރުތުތައް:

(ހ) ދެމަފިރިންނަށް ކޮންމެ މީހަކަށް ގޯއްޗެއް ނުދެވޭނެއެވެ.

(ށ) މައިންބަފައިން ނިޔައުވެ މައިންބަފައިންގެ ގޯތި ގެދޮރު ލިބޭ މީހުންގެ ތެރެއިން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ނުލިބޭ މީހުންނަށް ގޯތި ދޫކުރެވޭނީ މައިންބަފައިންގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައި ޝަރީޢަތުންނިމި އެ ގޯއްޗެއްލިބޭ ފަރާތެއް އެނގުމުންނެވެ.

 5. ގޯއްޗަށް އެދޭފޯމު ދޫކުރުމާއި ބަލައިގަތުން:-

      - ފޯމު ދޫކުރާނީ 27 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 07 ޖެނުއަރީ 2021 ވާ ހބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 ށް

      - ފޯމު ބަލައިގަތުމަން ހަމަޖެހިފައިވަނީ 10 ޖެނުއަރީ 2021 އިން 14 ޖެނުއަރީ 2021 ށް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 12:00 ށް

   ވީމާ، ދިރިއުޅުމައްޓަކައި ގޯތި ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

12 ޖުމާދަލްއޫލާ 1442

27 ޑިސެންބަރު 2020