ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS2/1/2020/142
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 05 ޖަނަވަރީ 2021 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިންޖިނިއަރ (ކެންސަރ ހޮސްޕިޓަލް ޕްރޮޖެކްޓް) - އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް

އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް 

އިންޖިނިއަރ (ކެންސަރ ހޮސްޕިޓަލް ޕްރޮޖެކްޓް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ (އެމް.އެން.ޕީ.އެޗް.އައި) އިން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓް (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދާ ކެންސަރ ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތްތައް އިމްޕްލިމެންޓްކޮށް ބެލެހެއްޓުމަށް އިންޖިނިއަރ އެއް  ހޯދުމަށް ބޭނުންވެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތައުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މައުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން 5 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް:[email protected]

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ.

[email protected]

27 ޑިސެންބަރު 2020