ނީލަން
ނަންބަރު: 116-D4/IL/2020/117
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 31 ޑިސެންބަރު 2020 23:59
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުމާއި ބެހޭ

އިޢުލާނު

ނީލަން ކިޔުން

 

މިކުންފުނީގެ ކާރގޯ ސެކްޝަންގެ ބެލުމުގެ ދަށުގައި ހުންނަ، ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާތަކުގެ ތެރެއިން ގިނަ ދުވަސްވެ ނުގެންގޮސްފައިވާ މުދާ ކުރިއެކޭވެސް އެއްގޮތަށް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ސެކްޝަނަށް ދުރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރުން ހަމަޖެހިފައިވަނީ 05 ޖަނަވަރީ އަދި 06 ޖަނަވަރީ 2021 ވާ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 10:00 އިން މެންދުރު 15:00 އަށެވެ. އަދި ނަން ނޯޓް ކުރެއްވުމަށް ދުރުވާއިރު އައިޑީ ކާޑު ކޮޕީއެއް (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އައިޑީ) ހިމެނުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ނީލަން ކިޔުން އޮންނާނީ 11 ޖަނަވަރީ ވާ ހޯމަ ދުވަހުގެ 10:30އިން 15:00 އަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް 01 ޖަނަވަރީ 2021 ވާ ހުކުރު ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މިކުންފުނީގެ ކާރގޯ ޑިޕާރޓްމަންޓްގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް މިތަކެތި ދައްކާލުން އޮންނާނީ 11 ޖަނަވަރީ 2021 ވާ ހޯމަ ދުވަހު ހެނދުނު 09:30 އިން ހެނދުނު 11:00 އަށެވެ.

ނީލަން ކިޔުމުގައި ބައިވެރިވެ އަދި މުދަލަށް އަގު ކިޔުމަށްފަހު މުދަލަށްވާ ފައިސާ ނުދައްކާ ފަރާތްތަކަށް، ކުރިއަށް އޮތް 2 އަހަރުގެ ނީލަމުން އެއްވެސް މުދަލެއް ނެގުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވާލަމެވެ. އަދި ނީލަމުގައި ނަގާ ތަކެތީގެ އަގު އެއްފަހަރާއި ދެއްކުމަށްފަހު ނީލަމުގައި ނެންގެވި ހުރިހާ މުދަލެއްގެ ޕިކް އޯޑަރ ނަންގަވަން ޖެހޭނެ ވާހަކަވެސް ދެންނެވީމެވެ.

ނީލަމުންނަގާ މުދާ 15 ޖަނަވަރީ 2021 ވަނަ ދުވަހުގެ 2300ގެ ކުރިން މުދާ ނެންގެވި ފަރާތުން އެމުދަލެއް ނީލަމުގައި ނިމުނު އަގު އެމް.އޭ.ސީ.އެލް އަށް ދެއްކުމަށްފަހު ކްލިއަރ ކުރަން ވާނެއެވެ. މުދަލައްވާ ފައިސާ ދެއްކުމަށްފަހު ނުގެންގޮސް ހުންނަ މުދާ ޑެމަރޭޖް ޗާޖް އާއި އެކު 20 ޖަނަވަރީ 2021 ވަނަދުވަހުގެ 2300 ގެ ކުރިން ނެރެންވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ މުދާ ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ނައްތާލެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

 

27 ޑިސެމްބަރ 2020

27 ޑިސެންބަރު 2020