ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218/218/2020/4
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:32
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީ ގެ އެކިއެކި ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖެހުމާ ގުޅޭ

ބާ ކައުންސިލް އިން 21 މެއި 2020 ގައި އާއްމުކޮށްފައިވާ ދިވެހިރާއްޖޭގެ ގެޒެޓް (އަދަދު: 98) ގައި ވާ ގޮތުގެ މަތީން، 1 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖެހޭނީ ބާ ކައުންސިލް އިން ހުއްދަ ދީފައިވާ ފަރާތްތަކަށް އެކަންޏެވެ. މި އޮތޯރިޓީ ގެ އެކިއެކި ޚިދުމަތްތަކަށް ހުށަހެޅުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނެތި ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. ތައްގަނޑު ނެތި ހުށަހަޅަމުން އަންނަ ކޮޕީތަކުގެ ޞައްޙަކަން ބާލާނީ އަޞްލު ބެލުމަށް ފަހުގައެވެ.

އަދި، މި އޮތޯރިޓީން ވެލިޑޭޓް ކުރުމަށް ފަހު ދޫކުރާ ލިޔެކިޔުންތަކުގައި ވެސް މިހާރު މި އޮތޯރިޓީން ޖަހަމުން އަންނަ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ނުޖަހާނެ ވާހަކަ ދެންނެވީމެވެ.

27 ޑިސެމްބަރ 2020

27 ޑިސެންބަރު 2020