ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2020/64
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 30 ޑިސެންބަރު 2020 00:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ނީލަން ކިއުން

                ކަމަނާވިލެޖް/ ޕޮލިސްޓޭޝަނުން ނަގާފައިހުރި  01 ފާޚާނާތަށި ޓޭންކާއެކު، 01 މޫނުދޮންނަ ތަށި އިސްކުރާއެކު،  މަގުބައްތީގެ ތަންމަތި، ހޮޅިބުރި ފަދަ ތަކެތި ނީލަންކިއުން 30 ޑިސެމްބަރ 2020 ދުވަހު 10.30 ގައި ބާރަށު ކައުންސިލްއިދާރާގެ ދެކުނު ފަރާތު ގޯތިތެރޭގައި އޮންނާނެއެވެ.

                ވީމާ، ވާހާގިނަފަރާތްތަކަކުން މިނީލަމުގައި ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރަށްބޮޑު އެދުމެކެވެ. މި ތަކެތި ނީލަމުންނަންގަވާ ފަރާތަކުން ވަގުތުން ފައިސާ ބާރަށު ކައުންސިލް  އިދާރާއަށް ދައްކަވަންޖެހޭނެއެވެ. އަދި ނީލަމުންނަންގަވާ، ފައިސާ މިކައުންސިލްއިދާރާއަށް ދެއްކެވުމަށްފަހު ނީލަމުންނެންގެވި ތަކެތި 1 ދުވަހުގެ ތެރޭ ތަނުންގެންދަވަންވާނެއެވެ. އަދި މިމުއްދަތުގެތެރޭގައި ނުގެންދަވާހުރިނަމަ ހަމަޖެހިފައި އޮންނަ އުސޫލުން ޢަމަލުކުރެވޭނެކަމުގައި ދެންނެވީމެވެ.

 

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

 

                  12  ޖުމާދަލްއޫލާ  1442

                  27  ޑިސެމްބަރ  2020

 

27 ޑިސެންބަރު 2020