ވަޒީފާގެ ފުރުޞަތު
ނަންބަރު: BAM/IUL/2020/54
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 23:00
ސުންގަޑި: 31 ޑިސެންބަރު 2020 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިއެސޯސިއޭޝަނަށް ތިރީގައި މިދަންނަވާ މަގާމަށް މުއައްޒަފަކު ބޭނުން ވެއްޖެއެވެ.

މަގާމް:

ޓެކްނިކަލް އެންޑް ސޯޝަލް މީޑިއާ ކޯޑިނޭޓަރ

މަޤާމްގެ ބާވަތް

ދާއިމީ (03 މަސް ޕްރޮބޭޝަން)

ބޭނުންވާ އަދަދު:

01

މުސާރަ:

-/4000 ރުފިޔާ

އެލަވަންސް:

-/1000 ރުފިޔާ (އެހެނިހެން އެލަވަންސް ޕްރޮބޭޝަން އަށްފަހު)

މަސައްކަތް ކުރަންޖެހޭ ތަން:

ބެޑްމިންޓަން އެސޯސިއޭޝަން އޮފީސް، ކުޅިވަރު އެކުވެނި، މާލެ، ދިވެހިރާއްޖެ

މަޤާމުގެ މަސްއޫލިއްޔަތު:

1-    މިއެސޯސިއޭޝަންގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ބެލެހެއްޓުމާއި އެ ޕްރޮފައިލްތަކަށް ޒިޔާރަތްކުރާ މީހުންގެ މަޢުލޫމާތު ރިޕޯޓްކޮށް ބެލެހެއްޓުން.

2-    މިއެސޯސިއޭޝަންއިން ހިންގާ ތަފާތު އިވެންޓްތަކުގެ ފޮޓޯ އާއި ވީޑިއޯ މަޢުލޫމާތު ހިމެނޭގޮތަށް ވެބްސައިޓަށާއި ސޯޝަލް ނެޓްވާކްއަށް އަޕްލޯޑް ކުރުން.

3-    މިއެސޯސިއޭޝަންގެ ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތަކީ ސައްޙަ އަދި އެންމެ ފަހުގެ މަޢުލޫމާތުކަން ޔަޤީންކޮށް އެމަޢުލޫމާތު ހިއްސާކުރުން.

4-    މީޑިއާ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

5-    ކުރާ މަސައްކަތާއި ގުޅޭގޮތުން އެސޯސިއޭޝަންގެ ފަރާތުން ކުރާ ރަސްމީ ދަތުރުތަކުގައި ބައިވެރިވުން.

6-    އެސޯސިއޭޝަންގެ ފަރާތުން ހިންގާ އެކިއެކި ޙަރަކާތްތައް އިންތިޒާމުކުރުމުގައި، ފަންނީގޮތުންނާއި ޢަމަލީގޮތުން އެހީތެރިވުން.

7-    ބެޑްމިންޓަންގެ ނޭޝަނަލް ޓީމް ކުޅުންތެރިން އަދި ކޯޗުން އަތޮޅުތެރެއާއި މާލޭގައި ހިންގާ އެންމެހާ ކަންތައްތަކުގެ ޚަބަރުތައް ހޯދާ ސޯޝަލް ނެޓްވާކްއާ ހިއްސާކުރުން.

8-    މިއެސޯސިއޭޝަން އިދާރީ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުން.

9-    އެސޯސިއޭޝަންގެ ވެރިން އަންގާ ގޮތެއްގެމަތިން ޙަވާލުކުރެވިފައިވާ ވަޒީފާއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

 

ފެންވަރު ނުވަތަ ޝަރުތު:

1-    'ސާނަވީ' (ގްރޭޑް 10) ތަޢުލީމު ފުރިހަމަކޮށްފައިވުން، އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 ޑިސެންބަރު 2020 ގެ 14:00 ގެ ކުރިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

2-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

3-    ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް އެންމެ     ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1-    ތަޢުލީމާއި ތަމްރީން.

2-    މަސައްކަތުގެ ތަޖުރިބާ.

3-    ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4-    ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5-    ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވުން.

6-    އަތޮޅުތެރެއާއި، ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދަތުރުކުރުމަށް އިޢުތިރާޒެއް ނެތުން.

 

            މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3314057 ނަންބަރު ފޯނާއެވެ.

26 ޑިސެންބަރު 2020