މަސައްކަތް
ނަންބަރު: GS123/IUL/2020/08
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 07 ޖަނަވަރީ 2021 10:00
އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

އިންނަމާދޫ ސްކޫލް

ރ.އިންނަމާދޫ، ދިވެހިރާއްޖެ                                                   ނަމްބަރ: GS123/IUL/2020/08

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

       މި ސްކޫލުން 13 ޑިސެމްބަރ 2020 ގައި ކުރި ނަމްބަރ : GS123/IUL/2020/05 އިޢުލާނަށް އެކަށީގެންވާ ޢަދަދަކަށް މީހުން ކުރިމަތި ލައިފައި ނުވާތީ، ދެންނެވި އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިސްކޫލުގެ މިދަންނަވާ، މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

      މި މަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ،  ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

  1. 41 ފޫޓް ދިގު، 6 ފޫޓް އުސް ފާރެއް 10 ފޫޓުން ތަނބުއަޅާ ، ތިރީ އަދި މަތީ ބެރި އެޅުމަށްފަހު ދެފަރާތުން ސިމެންތި ޖެހުން.
  2. ޢިމާރާތުގެ ކޮޅު ސީލިންގް ތައް މަރާމާތުކުރުން
  3. ސްޓާފްރޫމުގެ ސީލިންގް މަރާމާތުކުރުން
  4. އެލްޓީ ރޫމުގެ ސީލިންގް މަރާމާތު ކުރުން
  5. ބޮޑު ދެދޮރުފަތާއި ކުދި 12 ދޮރުފަތް މަރާމާތުކޮށް ހަރުކުރުން
  6. ސްކޫލު ގޭޓް ދޮރުފަތް ތަކުގައި ތަންޑާއި ތަޅުހަރުކުން.

      މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

  • މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 27 ޑިސެމްބަރ 2020 އިން 4 ޖެނުއަރީ 2021 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 13:00 އަށް ނަންނޯޓު ކުރެއްވުން އެދެމެވެ.

 

  • މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 5 ޖެނުއަރީ 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:45 ގައި މިސްކޫލުގެ އިދާރާގައި އޮންނާނެއެވެ.

 

  • މި މަސައްކަތްތަކާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ، 6  ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 9:45 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

 

  • ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 7 ޖެނުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިސްކޫލުގެ އިދާރާގައެވެ.
  • މި މަސައްކަތްތަކާއި ގުޅޭ ބީލަންފޮތް މަޢުލޫމާތު ދިނުމުގެ ސެޝަނަށްފަހު ސްކޫލުން ދޫކުރާނެއެވެ.
  • ނަންނޯޓު ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

އިދާރީ އޮފީސް

އިންނަމާދޫ ސްކޫލް / ރ. އިންނަމާދޫ

ފޯނު ނަމްބަރ: 6580359/7835011

އީމެއިލް އެޑްރެސް: [email protected]

 

        މިހެންވެ މިކަން ޢާއްމުކޮށް އިޢުލާނު ކުރީމެވެ.    

9 ޖުމާދަލްއޫލާ 1442

24 ޑިސެމްބަރ 2020

 

 

 

 

 

 

 

 

 

 

 

 

            

 

                                

 

            

 

                                

24 ޑިސެންބަރު 2020