ދިވެހިރާއްޖެ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ ނަމްބަރު: GS07/IUL/2020/010
އިޢުލާން
ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން
1- މިމަދަރުސާގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން ފެށިގެން 31 ޑިސެމްބަރ 2021ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 27 ވާ އާދިއްތަ ދުވަހުގެ11:00 ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
5- ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 29 ވާ އަންގާރަ ދުވަހުގެ9:00 ގައި ނ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
6- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު، ނ.ވެލިދޫ، ދިވެހިރާއްޖެ.
ފޯން: 6560019
އީ-މެއިލް: [email protected]
މިމަސައްކަތްކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މިމަދަރުސާގެ ނަމްބަރު GS07/IUL/2020/006 އިއުލާނާގުޅިގެން ހުށައަޅަފައިވާ އަގުތަކަކީ މިމަސައްކަތްކުރުމަށް އެކަށީގެންނުވާ އަގުތަކެއްކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.
09 ޖުމާދިލްޢޫލާ 1442
24 ޑިސެމްބަރ 2020