ދިވެހިރާއްޖެ
މަޤާމް: ސައިކޮލޮޖިސްޓް (ޕާޓް ޓައިމް)
މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް
ތަޢުލީމާ ތަޖުރިބާ:
ސައިކޮލޮޖީ އިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް ގައި ރަޖިސްޓްރީކޮށް ސައިކޮލޮޖިސްޓް އެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
މުސާރައާއި އިނާޔަތް :
ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- އޯޕީޑީއަށް އަންނަ ނަފްސާނީ ބަލިތަކާބެހޭ ބަލިމީހުން ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
2- އެނދުމަތި ކުރެވިފައިވާ ނަފްސާނީ ބަލިމީހުންނަށް ސައިކޮލޮޖީގެ ޚިދުމަތް ދީ ފަރުވާދިނުން.
3- ސައިކޮމެޓްރިކް ޓެސްޓު މެދުވެރިކޮށާއި، އިންޓަވިއު މެދުވެރިކޮށާއި އަދި ޑައިރެކްޓް ބިހޭވިއަރ އޮބްޒަވޭޝަންގެ ޒަރިއްޔާއިން ބަލިމީހާގެ ސައިކޮލޮޖިކަލް ސްޓޭޓަސް، ނީޑްސް، އެބިލިޓީސް ނުވަތަ ބިހޭވިއަރ އެސެސްކޮށް ދެނެގަތުން.
4- ތެރަޕީ، ކައުންސެލިންގ ގެ ޒަރިއްޔާއިން އެކިވައްތަރުގެ ބަލިމީހުންނަށް ބޭނުންވާ ޓްރީޓްމަންޓް ޕްރޮގްރާމް ތައްޔާރުކުރުން.
5- ނަފްސާނީ ބަލިތައް ކަމުގައިވާ އެންޒައިޓީ، ޑިޕްރެޝަން، އެޑިކްޝަން، ސޯޝަލް އަދި އިންޓަރޕާސަނަލް މައްސަލަތަކާއި ޗެލެންޖިންގ ބިހޭވިއަރ ފަދަ ކަންކަން ދިމާވެފައިވާ ނަފްސާނީ ބަލިމީހުންނަށް ތެރަޕީތަކާއި އަދި ޓްރީޓްމަންޓް ދިނުން.
6- ބަލިމީހުންގެ ރިކޯޑުތައް ގަވާއިދުން ބެލެހެއްޓުން. މިގޮތަށް ބެލެހެއްޓޭ ރިކޯޓުތަކުގެ އެހީގައި ބަލިމީހާގެ ޕްރޮގްރެސް ދެނެގަނެ މޮނިޓަރ ކުރުން.
7- ހޮސްޕިޓަލުގެ އެހެން ސްޕެޝަލިޓީ ޑިޕާޓްމަންޓުތަކާއި ގުޅިގެން ސައިކޮލޮޖިކަލް ސަރވިސަސް ޚިދުމަތް ދިނުން.
ކުރިމަތިލުމުގެ ސުންގަޑި: 31 ޑިސެންބަރ 2020 ވަނަ ދުވަހެގެ މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއިއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
- ޕޮލިސް ރިޕޯޓް
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.