ދިވެހިރާއްޖެ
އިޢުލާނު އދ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން
މިއަތޮޅު އަތޮޅުގެ ( ސްޓޭޓް ހައުސް ) 3 ރޫމް އަދި ސިޓިންގް ރޫމް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ނަންބަރު: 2019/R-1019(30 މާރޗް 2019)، ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ޝަރުޠުހަމަވެ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެންބަރު 27 އިން 30 އަށް މިކައުންސިލްގެ ނަންބަރު 6680507 ނުވަތަ 6680039 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. ރެޖިސްޓަރކޮށްފައިވާ ފަރާތްތަކާއެކު 28 ޑިސެންބަރު 2020 ވާ ހޯމަ ދުވަހު ހެނދުނު 11:00 ޕްރީބިޑް ސެޝަންއެއް މި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޑިސެންބަރު 31 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ޝީޓުގައިވާފަދައިން ލޭބަލްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި މި މަސައްކަތާއިގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ފޯނު ނަންބަރު: 6680507 އަށް ގުޅުއްވުން އެދެމެވެ. |
08 ޖުމާދަލްއޫލާ 1442
23 ޑިސެންބަރު 2020
(ސޮއި)
ޢަލީ ނަޞީރު
އަތޮޅު ކައުންސިލްގެ ރައީސް