މަސައްކަތް
ނަންބަރު: (IUL)356/356/2020/52
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 31 ޑިސެންބަރު 2020 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުމަސް ބާލާ ބަހައްޓާނެތަނަކާއި މަސްކަނޑާ އަށްޓެއްހަދައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކަޅުބިލަމަހާއި، ފަރުމަސް ބާލާ ބަހައްޓާނެ ތަނަކާއި މަސްކަނޑާ އައްޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ ޕްރީ ބިޑް މީޓީންގ 2020 ޑިސެމްބަރ 28 ވާ ހޯމަ ދުވަހުގެ 13:00 ގައި އދ. މާމިގިލީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ބިޑްފޮތް ލިބިވަޑައިގަންނަވާނީ 2020 ޑިސެމްބަރ 28 ން 2020 ޑިސެމްބަރ 31 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 12:30 އާދެމެދު އދ. މާމިގިލީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑްފޮތެއްގެ އަގަކީ -/500ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. ބިޑް ހުށަހަޅުއްވާނީ 2020 ޑިސެމްބަރ 31 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އދ. މާމިގިލީ ކައުންސިލްގެ އިދާރާއިންނެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2020