މަސައްކަތް
ނަންބަރު: (IUL)356/356/2020/51
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 27 ޖަނަވަރީ 2021 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މާމިގިލީ ފުޓްބޯޅަ ދަނޑުގެ ފެންސްޖެހުން

        

އަމިއްލަ ތަކެތީގައި އދ. މާމިގިލީ ރަސްމީ ފުޓްބޯޅަ ދަނޑުގެ ވަށައިގެން ފެންސް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 27 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2020 ޑިސެމްބަރ 30 ވާ ބުދަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުން ހުށައަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ސިޓީއަކާއިއެކު ފޮނުއްވުމަށްވެސް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ބޭފުޅަކަށް އިތުރު ބޭފުޅެއްގެ އަންދާސީ ހިސާބު ހުށައެއް ނޭޅުއްވޭނެއެވެ. އަދި ސިޓީ ހިއްޕަވައިގެން ދުރުވިކަމުގައިވިޔަސް އެއްބޭފުޅަކަށް އެއް އަންދާސީ ހިސާބަށްވުރެ ގިނައިން ހުށަނޭޅުއްވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ކޮންޕެނީތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކަށް އިސްކަންދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 ޑިސެންބަރު 2020