މަސައްކަތް
ނަންބަރު: (IUL)372-A1/372/2020/47
ޕަބްލިޝްކުރި ތާރީޚް: 23 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 04 ޖަނަވަރީ 2021 13:30
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގެ މަރާމާތާގުޅޭ

އިޢުލާން

ފ. މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގެ މަރާމާތުގެ މަސައްކަތާގުޅޭ

     ފ. މަގޫދޫ މަސްޖިދުއްތަޤްވާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ކުރެވުނު މި އިދާރާގެ ނަމްބަރ: IUL)372-A1/372/2020/43)  އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ ބީލަމުގައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚްގައި އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.                     

މަޢުލޫމާތު ސާފްކުރުމާއި ބީލަމަށް ރަޖިސްޓްރީކުރުން

2020 ޑިސެންބަރ 23 ން 2021 ޖަނަވަރީ 04 ށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު9:00 ން 13:00 ށް

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން

2021 ޖަނަވަރީ 04 ވަނަ ދުވަހުގެ 13:30 ގައި ފ. މަގޫދޫ ކައުންސިލް އިދާރާގައި

ބިޑްފޮތްވިއްކުން

2020 ޑިސެންބަރު 23 ން 2021 ޖަނަވަރީ 04 ށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން 13:00 ށް މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ 100.00 ރުފިޔާ (ކުރިން މިމަސައްކަތައް ބިޑްފޮތް ގަނެފައިވާ ފަރާތްތަކުން މިޢިލާނާއި ގުޅިގެން ބިޑްފޮތް ގަންނަން ނުޖެހޭނެވާހަކަ ދަންނަވަމެވެ.)

    މިއިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަންޏެވެ.

އަދި ދަންނަވަމެވެ. ބީލަމަށް ރަޖިސްޓްރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީނުކޮށް ބިޑްފޮތް ނުގަންނަ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

     އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

                       8 ރަބީއުލްއައްވަލު 1442  

                       23 ޑިސެންބަރު 2020      

23 ޑިސެންބަރު 2020