ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MNU-CA-FM/2020/49
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އެޑިޔުކޭޝަން ބިލްޑިންގައި ކުރަން ހުރި މަރާމާތުގެ މަސައްކަތް.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ތިރީގައި ދެންނެވިފައިމިވާ މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ފެންލައިޓްތަކުގެ ހުޅު ބަދަލުކުރުން އަދި ބިއްލޫރި ބަދަލުކުރުން.
2- ދިޔަދޮވި މަރާމާތުކުރުމާއި ފެންފަށް އެޅުން.
3- ބީ-ބުލޮކް ޓެރަސްމަތިން ކެންޓީނާވީ ފަޅީގެ މަސައްކަތްތަށް
4- ޕީއީ ހޯލުގެ އިރުމަތީ ފުރާޅުގެ އުތުރުކޮޅުން ޓެރަސްމައްޗަށްވާ ގޮތަށް ނެއްޓިފައިން ދިޔަދޮވިއާއި ފްލެޝިން ގަނޑު ހަރުކުރުން.
5- ބީ-އެކްސްގެ 3 ކިލާސްރޫމްގައި އެތެރޭގެ އަދި ބޭރުގެ ރެނދުތައް ބެއްދުމާއި ކުލަލުން
6- ބީ- ބްލޮކް ޓެރަސްމަތީގައި ހުރި 2500 ލީޓަރުގެ ކަޅުހަން ބަދަލު ކުރުން.
7- ބީ-ބްލޮކް 2 ވަނަ ލެވަލްގެ ދެކުނުކޮޅު ފާޚާނާތަށި ބަދަލުކުރުމާއި މުށި ޖެހުން.
8- ޕީއީ ހޯލް އެގްޒޯސްޓްތަކުގެ ކަވަރުތައް ބަދަލުކުރުން.
9- ޕީއީ ހޯލުގެ ލަކުޑި ތަޅުމުން ހަލާކުވެފައިހުރި ތަންތަން މަރާމާތު ކުރުމާއި، ދެކުނު ބިތުގެ ބޭރުގައި ޓިނުޖެހުން.
ވީމާ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 27 ޑިސެންބަރ 2020 ވާ ދުވަހުގެ ހެނދުނު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން ރައްދެބައި ހިނގުން ، މާލެ ، ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުން
ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރ 2020 ވާ ދުވަހު 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ މަރުކަޒީ އިދާރާ ރައްދެބައިހިނގުން، މާލެ ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް ކަމުގައިވާންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުޅުއްވާނީ.
- 3345192 ،3345134
އީ-މެއިލް ކުރައްވާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ، އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
- އީމެއިލް އެޑްރެސް :[email protected]
ނޯޓް:
ބީލަމާއެކު ހުށަހަޅާ އަގުބަޔާންކުރާ ޝީޓު ނުވަތަ ކޯޓޭޝަންގައި ބީލަންހުށަހަޅާ ފަރާތުގެ ސޮޔާއި ކުންފުންޏެއްނަމަ، ކުންފުނީގެ ތައްގަނޑުޖަހާފައި ހުންނަވާނެއެވެ. މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި ޔުނިވަރސިޓީ އަށް ލިބިގެންވެއެވެ.
23 ޑިސެންބަރ 2020