ދިވެހިރާއްޖެ
އިޢުލާން
ފުޓްސެލް ދަނޑުން ޗަކަވެލި ކަހައި ވެލިއެޅުން
ތ. ކިނބިދޫގެ ފުޓްސެލް ދަނޑުގެ ބިން އެހިސާބުގެ ހަމަ ބިމަށްވުރެ ތިރިކޮށް އޮތުމުގެ ސަބަބުން އެތަނުގައި ފެންހެދި ޗަކަހެދިފައި ވުމާއެކު، ފުޓްސެލް ދަނޑުގެ އެތެރޭގައިވާ ޗަކަ ވެލި ކަހައި ވެލިއަޅައި ތަޅައި ހަރުކޮށް އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 24 ޑިސެމްބަރ 2020 އިން ފެށިގެން 02 ޖެނުއަރީ 2021 ގެ ނިޔަލަށް ރަސްމީ ގަޑީގައި ކައުންސިލް އިދާރާގައި ނަން ނޯޓްކޮށް މަޢްލޫމާތު ޝީޓް ގެންދެވުމަށް ފުރުޞަތު ހުޅުވާލަމެވެ. އިތުރު މަޢްލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކުރެއްވުމުން މެއިލް އިން ޖަވާބު ލިބިވަޑައިގަންނަވާނެއެވެ.
ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކުން އެސްޓިމޭޓް ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ 07 ޖެނުއަރީ 2021 ދުވަހުގެ މެންދުރު ކުރީ 11.00 ގައި މިއިދާރާގައެވެ.
އެސްޓިމޭޓް ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓްތައް ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މަސައްކަތަށް އެސްޓިމޭޓް ހުށަހެޅެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަމްބަރ 2014/18 ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެސްޓީމޭޓް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ އަކާއި އެފަރާތުގެ ސިޓީއެއް ގެންނަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
08 ޖުމާދަލްއޫލާ 1442
23 ޑިސެމްބަރ 2020