ދިވެހިރާއްޖެ
އިޢުލާން
ސްކޫލްގައި ހުރި ބައެއް ތަކެތި ނީލަންކިޔުމާއި ގުޅޭ
މިސްކޫލްގެ ނަމްބަރ GS92/IUL/2020/014 (14 ޑިސެމްބަރ 2020) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގެންފައި ނުވާތީ، މިސްކޫލްގައި ބޭނުންކޮށް ބާވެފައިވާ ތަކެއްޗާއި ހަލާކުވެފައިހުރި ބައެއްތަކެތި 2 ވަނަ ފަހަރަށް ނީލަން ކިޔުން 2021 ޖެނުއަރީ 3 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ ހޯލްގައި ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 ޖެނުއަރީ 3 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ށް ސްކޫލަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 2021 ޖެނުއަރީ 4 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނައިވާދޫ ސްކޫލަށް ފައިސާ ދައްކަވާ، 2021 ޖެނުއަރީ 4 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި އޮންނަ އުޞޫލުގެ ތެރެއިން ނައްތާލެވޭނެއެވެ.
ނީލަމުގައި ބައިވެރިވާން ވަޑާއިގަންނަވާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅުއްވައިގެން ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.