ދިވެހިރާއްޖެ
އިޢުލާން
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތް(ނަންބަރު: (IUL)426-CA/426/2020/356އިޢުލާން އިސްލާހުކުރުން) |
އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
" އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " ގެ ނަމުގައި ފުޓްބޯޅަ މުބާރާތް 23 ޖަނަވަރީ 2021 ގައި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް 18 ނޮވެންބަރު 2020 ވާ ބުދަ ދުވަހުން ފެށިގެންއައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި ، ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބެން ހުންނާނެއެވެ.
ވީމާ، " އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2020 " މުބާރާތުގައި ބައިވެރިވުމަށް އެދޭ " ސްޕޯޓްސް ކޮމިޝަން " ގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކުން ފޯމު ފުރިހަމަ ކުރައްވައި 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅުއްވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމް ލިސްޓް 12 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުން އެދެމެވެ.
07 ޖުމާދުލްއޫލާ 1442