ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ
ދިވެހިރާއްޖެ
ނަންބަރު:010FAM/IUL/2020/
އިއުލާން
01 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާ، 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ، ސްޕޯރޓްސް ކޮމިޝަންގައާއި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ މިއެސޯސިއޭޝަންގެ މެމްބަރު ކްލަބް، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އެސޯސިއޭޓް މެމްބަރު ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، ސްޕޯރޓްސް ކޮމިޝަންގެ ރަޖިސްޓްރީއާއި އެއްކޮށް 05 ޖެނުއަރީ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ.
އަދި "ފީފާ ކަނެކްޓް ސިސްޓަމް"ގައި މިމުބާރާތުގައި ބައިވެރިވާ ކުލަބް ރަޖިސްޓްރީ ކުރަން ބޭނުންވާ، ތިރީގައި މިދަންނަވާ ކުލަބްގެ ޑޮކިއުމަންޓަތަށް 05 ޖެނުއަރީ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި ލިސްޓްގައި ހިމެނޭ އެއްވެސް ޑޮކިއުމަންޓެއް ނެތްނަމަ، ކުލަބްގެ ލެޓަރ ހެޑްގައި މަތީގައި ދެންނެވިފައިވާ އީމެއިލްއަށް ސިޓީއެއް ހުށައެޅުއްވުން އެދެމެވެ.
1- ކުލަބް އުފެދުނު ތާރީޙް
2- ހޯމް އެފެއާރސް ކުލަބް ރަޖިސްޓްރޭޝަން
3- ސްޕޯރޓްސް ކޮމިޝަން ކުލަބް ރަޖިސްޓްރޭޝަން
4- ކުލަބް ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް
5- ކުލަބާއި ކޮންޓެކްޓް ކުރެވޭ ފަރާތް
6- ކުލަބްގެ އީމެއިލް އެޑްރެސް
7- ކުލަބްގެ ބޭންކް އެކައުންޓް ނަންބަރު
8- ކުލަބްގެ ބޯޑު މެމްބަރުންގެ ލިސްޓް (ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާ)
9- ކުލަބްގެ ސްޓްރަކްޗަރ (އޮގަނައިޒޭޝަން ޗާރޓް)
10- ކުލަބްގެ ކޯޑް އޮފް ކޮންޑަކަޓް
11- ކުލަބްގެ މުއައްސަސުން
12- ކުލަބްގެ ޕާރޓްނަރުންގެ ލިސްޓް
13- ކުލަބްގެ އޮފިޝަލުންގެ ލިސްޓް
14- ކުލަބްގެ ސްޓެޓިއުސް
15- ކުލަބްގެ މުވައްޒަފުންގެ ލިސްޓް
16- ޑިކްލެރޭޝަން (ބޯޑް ރިޒޮލިއުޝަން)
މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް މިއެސޯސިއޭޝަނުން ލިބެންހުންނާނެއެވެ. އަދި އިއުލާން އާއި އެކު ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ.
22 ޑިސެމްބަރ 2020