މަސައްކަތް
ނަންބަރު: (IUL)386/386/2020/33
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 07 ޖަނަވަރީ 2021 11:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

              2021 ވަނައަހަރު ކޮންޓްރެކްޓް އުޞޫލުން މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ވަޑައިގަންނަވާ ބޭފުޅުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

 

 

ތާރީޚް

ގަޑި

 މަޢުލޫމާތު ސާފުކުރައްވަންޖެހޭ

2020/12/30

11:00

 އަގު ހުށަހަޅުއްވަންޖެހޭ

2021/01/07

11:00

 

ވީމާ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2020