ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)345-CAA/345/2020/103
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 31 ޑިސެންބަރު 2020 14:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޑްރައިވަރގެ މަޤާމަށް މުވައްޒަފަކު ހޯދުން

                                                 ނަންބަރު: IUL)345-CAA/345/2020/103)

އިޢުލާން

  • މިކައުންސިލްގެ ޑްރައިވަރގެ މަޤާމަށް މުވައްޒަފަކު ހޯދުން:

 

މަގާމުގެ ނަން:

ޑްރައިވަރ

ބޭނުންވާ ޢަދަދު:

1

މުސާރަ:

-/4010 ރުފިޔާ

ސާރވިސް އެލަވަންސް:

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް   -/115 ރުފިޔާ

މަޤާމުގެ ގިންތި (މުއްދަތު):

ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)

ޝަރުތު:

  1. އަސާސީ ތަޢުލީމްގެ ފެންވަރު ހުރުމާއެކު،  އެއްގަމު އުޅަނޑު ދުއްވުމުގެ C2 ކެޓަގަރީގެ ލައިސެންސް އޮތުން

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. މި ކައުންސިލްގެ ވެހިކަލްތައް ދުއްވުމާއި ބެލެހެއްޓުން.

-          މި ކައުންސިލްގެ ޕިކަޕްތައް (ވެހިކަލް) ދުއްވުން.

-          މި ކައުންސިލްގެ ވެހިކަލްތަކުގެ ކުދި މަރާމާތުތައްކުރުމާއި ދޮވެ ސާފުކުރުން.

-          ވެހިކަލަށް ތެޔޮ އެޅުމާއި، ފިލްޓަރ ބަދަލުކުރުމާއި، އަޑީތެޔޮ ބަދަލުކުރުން.

-          ވެހިކަލްތަކުގައި ކުރެވޭ ދަތުރުތައް ލޮގުކުރުމާއި އެ ދަތުރުތަކުގެ މަޢުލޫމާތު އިދާރާއަށް ދިނުން.

-          ވޭސްޓް މެނޭޖްމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުން.

-          ވޭސްޓް މެނޭޖްމަންޓް ސެކްޝަންއަށް ދުވަހުން ދުވަހަށް ބޭނުންވާތަކެތި ބަލައި ބޭނުންވާ މުދަލުގެ ލިސްޓް ތައްޔާރުކުރުން.

2. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަންކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު: ކަނޑައެޅިފައިވާ އިންސައްތަ %35 
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: ކަނޑައެޅިފައިވާ އިންސައްތަ %25 
  3. އިންޓަވިއު / ލިބިފައިވާ ހުނަރު: ކަނޑައެޅިފައިވާ އިންސައްތަ %40

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 31 ޑިސެންބަރު 2020 އާއި 05 ޖަނަވަރީ  2021  އާއި ދެމެދު އއ.މާޅޮހު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 31 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އއ.މާޅޮހު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް އއ.މާޅޮހު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް

  1. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. އެއްގަމު އުޅަނދު ދުއްވުމުގެ C2 ކެޓަގަރީ ލައިސަންސް
  5. ވަޒީފާއަށް އެދި ހުށައަޅާ ފޯމް

ނޯޓު

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކައުންސިލްގެ ނަންބަރު 6660059 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected]   އަށެވެ.

22 ޑިސެންބަރު 2020