ދިވެހިރާއްޖެ
ނަންބަރު: (IUL)267/267/2020/44
އިއުލާން
މިކައުންސިލްގެ ނަންބަރު:(IUL)267/267/2020/40 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާތީވެ އެ އިއުލާން ބާތިލް ކުރުމަށްފަހު އަލުން ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބަނދަރުގައި ބެންޗްތަކެއްހަދައި އެސަރަޙައްދު ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބަނދަރުގައި ބެންޗްތަކެއްހަދައި އެސަރަޙައްދު ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދަން
ކައުންސިލްއިން ހުށަހަޅާ މަޢުލޫމާތާއި ދޭ ކުރެހުމަކާއެއްގޮތަށް ކުމުންދޫ ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭ މޮނިއުމެންޓް ސަރަޙައްދުގައި ބެންޗްތަކެއް ހަދައި އެސަރަޙައްދު ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- · މައުލޫމާތު ދިނުން – 24 ޑިސެމްބަރ 2020 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގައި
- · އަންދާސީ ހިސާބު ހުށަހެޅުން – 28 ޑިސެމްބަރ 2020 ވާ (ހޯމަ) ދުވަހުގެ 13:00 ގައި
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
07 ޖުމާދިލް ޢޫލާ 1442ހ
22 ޑިސެމްބަރ 2020މ