މަސައްކަތް
ނަންބަރު: (IUL)GS83/2020/07
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 27 ޑިސެންބަރު 2020 13:00
މުރައިދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނައަހަރު ސެކިއުރިޓީ ބެލެހެއްޓުން

` 

 

      މުރައިދޫ ސްކޫލް

      ހއ މުރައިދޫ، ދިވެހިރާއްޖެ   

                                 އިޢުލާން ނަންބަރIUL)GS83/2020/07)

ހއ މުރައިދޫ ސްކޫލުގެ 2021 ވަނައަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1        ކޮންޓެކްޓް އުސޫލުން 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

2        މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައެވެ.

3        މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

4        މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

5        ބިޑް ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މުރައިދޫ ސްކޫލުގައެވެ.

6        އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.

ހއ މުރައިދޫ ސްކޫލް

މުރައިދޫ، ދިވެހިރާއްޖެ

ފޯން:  6500537

އީ-މެއިލް: [email protected]

 

 

22 ޑިސެމްބަރ 2020

22 ޑިސެންބަރު 2020