ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބޭނުންވާ އައިޕީ ކެމެރާ ސަޕްލައިކޮށް ، އިންސްޓަލޭޝަން މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ
ނަންބަރު:(IUL) 101-AS/1/2020/232
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ބޭނުންވާ އައިޕީ ކެމެރާ ސަޕްލައިކޮށް ، އިންސްޓަލޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތް ކަރުދާހުގައިވާ ތަފްސީލްތަކާއި އެއްގޮތަށް މި މަސައްކަތަށް ކުރުމަށްޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ގޫގަލް ފޯމް https://docs.google.com/forms/d/e/1FAIpQLSefwpnQa5MI7aC3IrX6IlSFxnx5T6RknIdp1lBVd6B8MBh5wQ/viewform?usp=pp_url
މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ އޮފީހުގައެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 16:00 |
ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން |
27 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.) |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
28 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 16:00 |
އަންދާސީ ހިސާބު ހުށަހެޅުން |
30 ޑިސެމްބަރ 2020 ވާ ބުދަ ދުވަހު 11:00 |
ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.
މިޢިއުލާނާއި ގުޅޭ މަޢުލޫމާތް ކަރުދާސް މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
21 ޑިސެމްބަރ 2020