ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2020/161
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:02
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހިއްކިބިމުގައި ހުރި ގައުފުނިތަކުން ގައު ދޫކުރުމާއިބެހޭ
ކުޅުދުއްފުށީ ހިއްކިބިމުގައި ހުރި ގައު ފުނިތަކުން ގައު ބޭނުންވާ ފަރާތްތަކަށް ދޫކުރާގޮތަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.
ވީމާ, ގައު ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ހުށަހަޅަންޖެހޭ ފޯމް ނަންގަވާ ހުށަހެޅުއްވުން އެދެމެވެ. ގައު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއަކު އާދީއްތަ އަދި ބުރާސްފަތި ދުވަހުގެ 9:00 ން 12:00 އަށް ކަމުގައި ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މި އިދާރާގެ ކައުންޓަރުން ރަސްމީ ކޮންމެ ދުވަހަކު 9:00 ން 12:00 އާއި ދެމެދު ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓު www.kulhudhuffushicity.gov.mv އިން ޑައުލޯޑް ކުރެވޭނެވާހަކަ ދަންނަވަމެވެ. ގައު ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލް މިއިޢުލާނާއެކު ޢާއްމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
21 ޑިސެންބަރު 2020