ޢާންމު މަޢުލޫމާތު
ނަންބަރު: GS-14/IUL/2020/12
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 28 ޑިސެންބަރު 2020 11:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިމަރުކަޒުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ GS-14/IUL/2020/10 (09 ޑިސެމްބަރ 2020) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުންކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

  1. ޕްރީސްކޫލް ޕްލޭގްރައުންޑުގައި އަވިނެޓް ޖެހުން
  2. ހޯލްގެ ސްޓޭޖް މަރާމާތުކުރުން
  3. ކުލަލުން (ބޭރު ފާރުގަ އާއި ހޯލްގައި)
  4. ރޭލިންގ ގައި ނަންޖެހުން
  5. ވަޅުގައި މަތި އެޅުން، މޯޓަރ ބަދަލުކުރުން
  6. ސްކޫލްގެ ނަރުދަމާގެ ހޮޅިތައް ރަސްމީ ނަރުދަމާ ނިޒާމާ ގުޅުމާ، ބެޑު ފާރު ރޭނުން

 

            ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ  ފަރާތްތަކުން 2020 ޑިސެމްބަރ 24 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ޑިސެމްބަރ 28 ވާ ހޯމަދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

            މަޢުލޫމާތު ސާފުކުރެއްވުމަށާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު، ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ ކާޑް ގެންނެވުން އެދެމެވެ.

 

06 ޖުމާދަލްއޫލާ 1442

21 ޑިސެމްބަރ 2020   

 

21 ޑިސެންބަރު 2020