ދިވެހިރާއްޖެ
އިޢުލާން
މިކޯޕަރޭޝަންގެ ޙައްޖު ޢުމްރާ ދަތުރުތަކަށް ބޭނުންވާ އިޙްރާމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކުގައި ބޭނުންކުރުމަށް އިޙްރާމް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމަށް ރަޖިސްޓްރީ ވުން:
ބީލަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް 24 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް 'ބީލަން ރަޖިސްޓްރީ ފޯމް' ޑައުންލޯޑް ކުރައްވައި ފުރިހަމަ ކުރުމަށްފަހު މި ކޯޕަރޭޝަންގެ އީމެއިލް ([email protected]) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކޮށް ދެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ވެވޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކު:
http://mhcl.mv/wp-content/uploads/2020/10/REGISTRATION-FORM-FOR-BIDS.pdf
ބީލަމާބެހޭ މަޢުލޫމާތު ދިނުން
27 ޑިސްމްބާރ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުން މިކޯޕަރޭޝަންގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަން ކަރުދާސް ހުޅުވުން
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު ދިހަގަޑި ސުންމިނެޓް (10:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި، ބީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
އެޑްރެސް: |
މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ |
ފޯނު ނަންބަރު: |
3011000 960+ |
މުޢާމަލާތު ކުރަންޖެހޭ ފަރާތް: |
އައިޝަތު ޤާހިރު |
އީ-މެއިލް: |
|